އެކްސިޑެންޓްތައް ހުއްޓުވަން އޭޖެންޓް މަގުމައްޗަށް!
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަަހު ސިނަމާލެ ބްރިޖާއި، އެއާއި އެކު ގުުޅިފައިވާ ހައިވޭ ހުޅުވާލެވިގެން ދިއުމާއި އެކު ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ އެ ހައިވޭއާއި ބްރިޖްގެ ބޭނުން ހެޔޮގޮތުގައި ހިފާ ވާހަކައެއް ނޫނެވެ. އެ ބްރިޖާއި ހައިވޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ވާހަކައެވެ.
މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާއިރު، އެ އެކްސިޑެންޓްތައް ހުއްޓުވުމަށް ގަވާއިދުތައްވެސް ހެދިފައިވެއެވެ. އެހެނަސް އެ ގަވާއިދުތަކަށް އަމަލުކުރަނީ މަދުބަޔެއްކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.
އެހެނަސް މީހުން ގަވާއިދުތަކަށް ބޯލެނބުމަށް އަހުލުވެރިކުރުވާ، ގަވާއިދަށް ބޯނުލަނބާ މީހުންނަށް ދޭންވީ ހައްގު އަދަބު ދިނުމަށް ފުލުހުންނާއި ގުޅިގެން އެލައިޑް އިންޝުއަރެންސްެއިން ނިކުމެއްޖެއެވެ. އެލައިޑުން އެ ފަރާތުގެ މޮޅު އިންޝުއަރެންސް ސްކީމަކުން ގަވާއިދަށް މީހުން ފައްތަނީއެއް ނޫނެވެ. އެލައިޑްގެ އިންޝުއަރެންސް އޭޖެންޓް 1600 ނުވަތަ އެންމެންގެ ލޯބި ލިބިފައިވާ ނަހޫ ލައްވާ، އެ ފަރާތަށް ދެން ގަވާއިދު މުގުރާލަން ނުކެރޭފަދަ މޮޅު "އަދަބެއް" ދެނީއެވެ.
އެލައިޑްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ގުޅިގެން، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމާއި މެދު ސަމާލުކަން އިތުރުކުރުމަށް ނަހޫ ވަނީ ފުލުހުންނާއި މަގުމައްޗަށް ނިކުމެ، ކެމްޕެއިންއެއް ފަށާފައެވެ.
https://www.facebook.com/alliedmv/videos/2320682128150598/?_rdc=1&_rdr
މި ކެމްޕެއިންގެ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ހަލުވި މިނެއްގައި ފެތުރެމުންދާއިރު، ކޮންމެ ވީޑިޔޯއެއްގައިވެސް އޭޖެންްޓް ނަހޫ ފުލުހުންގެ ކާރެއްގައި އައިސް، ގަވާއިދާއި ޚިލާފަށް ދުއްވަމުންދާ ފަރާތްތައް ސިނަމާލެ ބްރިޖް އަދި ހައިވޭގެ މަތިން ހުއްޓުވައެވެ. އަދި ގަވާއިދު ހަނދުމަކޮށްދީ، ހެއްވާލާ ޒާތުގެ އަދަބެއް ދޭންވީހޭ އަހައެވެ.
އެގޮތުން ނަހޫ ވަނީ ބްރިޖްގައި ބާރަށް ދުއްވި ފަރާތެއް ހުއްޓުވާ، ތި ދުއްވަނީ މަރުވާންތޯ ސުވާލުކޮށް ހިލޭ ސާބަހަށްެ އެ ފަރާތަށް ކަފުނާއި ސަންދޯކެއް ގެނެސްދީފައެވެ. އަދި އެހެންމެ، އޮލަ ވާހަކައިގައި ތިބެގެން ހައިވޭ މަތިންދާ ފަރާތްތައް ހުއްޓުވާ، ބިސްކޯދާއި ޖޫސް ގެނެސްދޭންވީތޯވެސް އަހައެވެ.
https://www.facebook.com/alliedmv/videos/563429767456675/?_rdc=1&_rdr
މި އިސްތިހާރުތަކަށް ގިނަބައެއްގެ ތައުރީފު ލިބެމުންދާއިރު، މި ކެމްޕެއިންގެ ޒަރިއްޔާއިން މަގުމަތީގެ ގަވާއިދުތަކަށް މީހުން އަހުލުވެރިވާނެކަމަށް އުއްމީދުކުރާ ފަރާތްތައް ވަރަށްގިނައެވެ. އަބަދުވެސް ވަރަށް ތަފާތުކޮށް އިޝްތިހާރުތައް ގެނެސްދޭ އެލައިޑުން މިފަހަރުވެސް ވަރަށް ތަފާތުކޮށްލައިފިއެވެ. އޭޖެންޓް1600 މި ނުކުތީ މަރުތަކާއި އެކްސިޑެންޓްތައް ހުއްޓުވާށެވެ. އެހެންކަމުން ގަވާއިދަށް ބޯލަނބަން އަވަސްވެ ގަންނާށެވެ. ނޫނީ އޭޖެންޓްގެ ކުރުއަތާއި ގާނޫނުގެ ދިގުއަތް، ތިބާއާއި އަރާ ހަމަކުރާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް