އިކޮނޮމިކް މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވައިފި
އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް ހަމަޖެއްސެވީ މައްޗަންގޮޅީ އެރިޒޯނާ، މަރްޔަމް ނާޒިމާ އެވެ. ނާޒިމާ އަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ނާޒިމާ ވަނީ ހިއުމަން ރިސޯސަސް ދައިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކުރައްވައި، ކޮމާސްގެ ދާއިރާއިން ބެޗެލަރ ޑިގްރީއެއް ހާސިލްކުރައްވާފަ އެވެ.
ނާޒިމާ އަކީ އިކޮނޮމިކް މިނިސްޓިރީއަށް އައްޔަންކުރެވުނު ހަތަރުވަނަ ނާއިބު މިނިސްޓަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް