ޮކޮމަންވެލްތުން މަޖިލިސް އިންތިޚާބު އޮބްޒާވްކުރާނެ
މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެސް މިކަން ވަނީ ޔަގީންކޮށްދީފައެވެ.
އެ ބަޔާނުގައި މިނިސްޓްރީން ބުނީ ކޮމަންވެލްތުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފޮރިންމިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލަންޑާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
މި ބައްދަލުވުމުގައި ޕެޓްރީޝިޔާ ވަނީ ރާއްޖެއިން ކޮމަންެވެލްތާއި އަލުން ގުުޅުމުގެ ކަންކަން އަވަސްކޮށްދީ، އެކަމުގައި އެ ޖަމްއިއްޔާއިން އެހީތެރިކަން ދޭނެކަމަށް ބަޔާންކުރައްވާފައެވެ.
ކޮމަންވެލްތާއި ރާއްޖެ އަލުން ގުޅުމަކީ މި ސަރުކާރުގެ މުހިންމު ޚާރިޖީ ވައުދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް