ޖީއެފްސީ: އިނގުރައިދޫއަށް މޮޅުވިޔަސް ރޭވުންތެރިކަމެއްނެތް!
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރ.އިނގުރައިދޫގެ ޓީމާއި އއ.ބޮޑުފުޅަދޫ ޓީމް ބައްދަލުކުރި ފޯރިގަދަ މެޗު، ވާދަވެރި ކުޅުމަކަށްފަހު އިނގުރައިދޫ ޓީމުން ކާާމިޔާބުކޮށްފިއެވެ.
މިރޭގެ މެޗުން އިނގުރައިދޫ މޮޅުވިކަމުގައި ވިޔަސް ޓީމުގެ ކުޅުމުގެ ފެންވަރު ދަށްވުމުގެ އިތުރުން ޓީމުގެ ރޭވުންތެރިކަން ކުޑަކަމަށް ފާހަގަކުރެވިފައިވެއެވެ.
ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 7-5 ގެ ނަތީޖާއިން ޕެނަލްޓީންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމިގެންދިޔައިރު، ދެ ޓީމު އޮތީ 4-4 އިން އެއްވަރުވެފައެވެ.
މިއާއި އެކު އިނގުރައިދޫ ޓީމުން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މެޗުގެ މޭން އޮފްދަ މެޗައް ހޮވިފައިވަނީ ބޮޑުފުޅަދޫ ޓީމްގެ ޖާޒީ ނަންބަރު 7 މުހައްމަދު ޝިރުހާންއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 25،000 ރުފިޔާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް