ރައީސް ޔާާމީންގެ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގްގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.
މި އަޑުއެހުމުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ކިބައިން ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މިއަޑުއެހުންވެސް ޓީވީން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން މިމައްސަލައިގައި ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ނަގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް