އެމްއައިޓީޑީސީގެ ހުވަފެނީ މަޝްރޫޢު، ލ.ބަރެސްދޫ... ފޮޓޯ: އެމްއައިޓީޑީސީ
އެމްއައިޓީޑީސީގެ ހުވަފެނީ މަޝްރޫޢު، ލ.ބަރެސްދޫ... ފޮޓޯ: އެމްއައިޓީޑީސީ
ހަބަރު 16 Dec 2025 | 15:08

އުވާލުމުގެ މަރުހަލާ ކުރިއަށްދާތީ، އެމްއައިޓީޑީސީގެ ބައެއް މައްސަލަތައް މަޑުޖައްސާލައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މެދުފަންތީގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަރުހަލާ ކުރިއަށްދާތީވެ، ސިވިލްކޯޓުން އެކުންފުންޏާ ގުޅޭ ބައެއް މައްސަލަތައް ބެލުން މިހިނދަށް މަޑުޖައްސާލައިފިއެވެ.

ސިވިލްކޯޓުގައި މިއަދު އެމްއައިޓީޑީސީއާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއްގެ ނިޔާ އިއްވަމުން ގާޒީ ވަނީ ދައުވާ ލިބޭ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށްގެންދާތީވެ، މިހާލަތުގައި ދައުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން ހުށަހަޅަންޖެހޭނީ ދައުވާލިބޭ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރަށްކަމަށެވެ. އެހެންކަމުން  ސިވިލްކޯޓުގެ ޤަޟިއްޔާގެ ހުކުމެއް ތަންފީޒުކުރުމުގެ މައްސަލަ މިހިނދަށް ކުރިއަށް ނުގެންދެވޭނޭކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެމްއައިޓީޑީސީ އުވާލުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަހަރުގެ ޖުލއިމަހުގެ ތެރޭގައި ފާސްކޮށްފައެވެ. އަދި ހަމަ އެހެންމެ ވަޒީރުންގެ މަޖިލީހުން ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހު ބޭއްވެވި ޖަލްސާގައި ވަނީ އެމްއައިޓީޑީސީ އުވާލުމަށް ނިންމާފައެވެ.

އެމްއައިޓީޑީސީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އެމްއައިޓީޑީސީ އުފެދުނުފަހުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި އެކަންޏަށްބެލި ނަމަވެސް 137.8 މިލިއަން ރުފިޔާ އެބައޮތެވެ. އޮޑިޓަރ ޖެނެރަލް ބަރެސްދޫއާ ގުޅޭގޮތުން ނެރުއްވި ރިޕޯޓްގައި ބުނެފައިވަނީ ބަސްރެސްދޫ، އަދި ކާށިދޫގައި ހެދުމަށް ނިންމާފައިވާ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ.އަތޮޅެ 10 ފަޅެއް ހިއްކާ ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓް ފާމަށް 52.3 ހަރަދުކޮށްފައިވީނަމަވެސް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައި ނުވާކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...