ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ 5 މީހަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިނަމާލެ ބްރިޖު ހައިވޭގައި މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 12:11 ހާއިރު އެވެ.
އަދި މި އެކްސިޑެންޓް ހިނގީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ.
މިއާއެކު ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވި ކަމަށާ އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްފަހު ރޭ ދޫކޮށްލާފައިވާއިރު އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ހޮސްޕިޓަލް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލު ޓޯކޮށް، ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް