މިރޭ ޝަައްވާލްމަހުގެ ހަނދު ފެނިއްޖެނަމަ ބަޑިޖަހާނެ
ޝައްވާލްމަހުގެ ހަނދު މިރޭ ފެނިއްޖެނަމަ އެކަން އަންގައިދިނުމުގެ ގޮތުން ބަޑިޖެހުމުގެ ހަރަކާތެއް ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މިރޭ ބަޑިޖެހުމުގެ ހަރަކާތް ކުރިއަށް ދާނީ ޖުމްހޫރީ މައިދާނުގެ އިއްޒުއްދީން ޖެޓީ ސަރަހައްދުގައެވެ.
ފިޠުރު އީދު ދުވަހުގެ ގޮތުގައި މިއަހަރުގެ ކަލަންޑަރުގައި ކަނޑައެޅިފައިވާ ދުވަހަކީ، ޖޫން މަހުގެ 4 ވަނަ ދުވަހެވެ.
ރާއްޖޭގައި އާންމުގޮތެއްގައި ހަނދު ސާބިތުކޮށް އުޅެނީ އިސްލާމީ ގައުމުތަކުން ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ މިންގަނޑުތަކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް