ހައުސިން ކޮމިޓީން އަނީސާ އިސްތިއުފާ ދެއްވައިފި
ހައުސިން ކޮމިޓީން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.
ހައުސިން ކޮމިޓީއަކީ، ނިމިދިޔަ ސަރުކާރުގައި ދޫކުރި "ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ" ސްކީމާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި މިހާރުގެ ރައީސް ޑރ މުއިއްޒު އެކުލަވާލި ކޮމިޓީއެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން އަނީސާ ފޮނުވި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ، އޭނާ މަގާމުން އިސްތިއުފާ ދެއްވަނީ އަމިއްލަ ސަބަބުތަކާއި ހުރެ ކަމަށެވެ.
އަނީސާ މަގާމުން ވަކިވެވަޑައިގަތީ ކޮމިޓީއަށް އައްޔަނުކޮށް މަސައްކަތް ކުރިތާ މަހެއްނުވަނީހެވެ.
އަނީސާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އިސް މަގާމުތަކުގައި ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައެވެ. އެގޮތުން ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ވެސް އަނީސާ ވަނީ ކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް