ހަނީ ކޯޓެޑް ކްރިސްޕީ ޗިކަން— ފޮޓޯ/ އިންޓަނެޓް
ހަނީ ކޯޓެޑް ކްރިސްޕީ ޗިކަން— ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް 05 Apr 2024 | 06:29

މިއަދު ހަނީ ކޯޓެޑް ކްރިސްޕީ ޗިކަން ތައްޔާރު ކޮށްލަމާ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުކުޅަކީ ހުކުރު ދުވަހާއި ވަރަށް ގުޅުން ހުރި އެއްޗެކެވެ. އާއްމު ގޭގޭގައި ހުކުރު ދުވަހު ކުކުޅުން އެކި ބާވަތްތައް ތައްޔާރު ކުރެއެވެ. އެހެންކަމުމް މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް، މުރަނަކޮށް ހަނީ ކޯޓެޑް ކްރިސްޕީ ޗިކަން ތައްޔާރު ކުރާނެ ގޮތެވެ.

ކުކުޅު މެރިނޭޓް ކުރަން ބޭނުންވާ ތަކެތި

1 ކުކުޅު ފައި ޕެކެޓް (900ގ, ހަން ނުނޮޅައި ޅިޔަ އަޅާފައި)

2 ބިސް

1 ސައި ސަމުސާ ގާނާފައި ހުރި ލޮނުމެދު

1 ސައިސަމުސާ ގާނާފައި ހުރި އިނގުރު

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައި ސަމުސާ ޓޮމާޓޯ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

ރަހާލާ ވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ މުގުރި ހިކި މިރުސް

1 ސައި ސަމުސާ މުގުރި އަސޭ މިރުސް

1 ޖޯޑު ދިޔާ ކިރު

ކުކުޅު ކޮޅާއި ކިރު ފިޔަވައި ދެން ހުރި ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ކިރު ވެސް މަޑު މަޑުން އަޅަމުން އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅު ކޮޅު ލައި ރަނގަޅަށް އެކުލަވައި ލުމަށްފަހު މަތި ރަނގަޅަށް ބަންދު ކޮށްލާފައި މަދުވެގެން 3 ގަޑިއިރު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.

ކުކުޅުގެ ފުރަތަމަ ކޯޓިން ހަދަން ބޭނުންވާ ތަކެތި

1 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ކޯން ފްލާރ

1/2 ސައި ސަމުސާ ބޭކިންގ ޕައުޑަރ

1 ސައި ސަމުސާ ލޮނުނެދު ޕައުޑަރ (ނުވަތަ ގާނާފައި ހުރި ލޮނުމެދު)

ލޮނުކޮޅެއް

1 ސައި ސަމުސާ މުގުރި ހިކި މިރުސް

1/2 ސަމުސާ ރީނދޫ

ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލުމަށްފަހު، މެރިނޭޓް ކުރި ކުކުފައި ތަކުގައި، ފަހަރަކު ފައެއްގެ ބޭރުގަައި ރަނގަޅަށް ފުށް އުނގުޅައި ލުމަށްފަހު މެރިނޭޓް ކުރި ދިޔަ ގަނޑުތެރެއަށް ލައި ތެންމާލުމަށްފަހު އަނެއްކާވެސް ފުށަށް ލައި ރަނގަޅަށް ފައިގައި ފުށް އުނގުޅާލާށެވެ.

އެއަށްފަހު އުނދުން މައްޗަށް ތެޔޮ އުދައި އެ ހޫނު ވުމުން ކުކުޅު ފައި އެއަށް އަޅާށެވެ. މަޑު ގިނީގައި ކުކުޅު ފައި ކޮޅު ރޯ ފިލަންދެން ތެލުލާލާށެވެ.

ހަނީ ކޯޓިން ތައްޔާރުކުރަން ބޭނުންވާ ތަކެތި

3 މޭޒުމަތީ ސަމުސާ ބަޓަރު

1/3 ޖޯޑު ޗިލީ ސޯސް

1/3 ޖޯޑު ފްރައިޑް ޗިކަން ޗިލީ ސޯސް

1 ސައި ސަމުސާ މުގުރި މިރުސް

3 މޭޒުމަތީ ސަމުސާ މާމުއި

1 ސައި ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް

1) މަޑު ގިނީގައި ބަޓަރކޮޅު މެލްޓް ކޮށްލުމަށްފަހު، އޭގެ ތެރެއަށް މާމުއި އާއި ލުނބޯ ފިޔަވައި ދެން ހުރިހުރިހާ ތަކެތި އަޅައި އެކުލަވާއިލާށެވެ.

2) ދެން އޭގެ ތެރެއަށް މާމުއި އެޅުމަށްފަހު އެކުލަވާލާފައި، ކެކެން ފެށުމުން ލުނބޯ ހުތް އަލާފައި އެކުލަވާލުމަށްފަހު އުނދުން ނިއްވާލާށެވެ.

3) ދެން ތެލުލި ކުކުޅުތައް ހަނީ ކޯޓިންގެ ތެރެއަށް އަޅައި ރަނގަޅަށް އެކުލަވާލާށެވެ.

މިގޮތަށް ތައްޔާރު ކުރާ ކުކުޅު، ޗިކަން ޑިޕިން އާއި، ސެލެޑް އަދި ފްރެންޗް ފްރައިސް އާއި އެކު ކާލާއިރު ވަރަށް މީރުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...