N/A
N/A
ހަބަރު 20 Dec 2019 | 16:05

އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުންގެ ވާހަކަ ތާރީޚުގައި ކަޅުއަކުރުން ކަނޑައި ނެގޭނެ: އިލްމުވެރިން

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު މީހުންނާއި އެކަމަށް ހިތްވަރު ދިން މީހުންގެ ނަން ދިވެހި ތާރީޚުގައި ކަޅުއަކުރުން ކަނޑައި ނެގޭނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

އެމްޑީއެން އުވާލުމާއި ގުޅިގެން އިމްލުވެރިންގެ ގުޅުމުގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،

އެމްޑީއެންގެ އެ އުދުވާންނާ ދެކޮޅަށް ރައްޔިތުން ކެތްތެރިކަންމަތީ ކުރި ޖިހާދުގައި، ކުރިމަތިވި ގޮންޖެހުންތަކާއި ގިރާކުރަން ޖެހުނު ހުރަސްތަކަށް ރާއްޖޭގެ ދީނީ އިލްމުވެރިން ކުރިމަތިލެއްވި ހިކުމަތްތެރި ވިސްނުންތެރި އުސްލޫބަކީ ރައްޔިތުންގެ ސާދާކަމާއި ސީދާކަން ދައްކުވައިދިން ނުހަނު އަލިގަދަ ހެއްކެކެވެ. އަދި އެއީ ހައްދުފަހަނައަޅާފައިވާ އެމްޑީއެން ފިކުރުގެ މީހުން، އެއްވެސް އަސްލެއް، އަސާސެއް، ހަގީގަތެއް ނެތި އިލްމުވެރިންގެ އިސްތަށިފުޅުގައި އަޅުވަން މަސައްކަތްކޮށްފައިވާ ދޮގު އިލްޒާމުތަކުގެ ބާތިލުކަން އެންމެހާ މީސްތަކުންނަށް ސާބިތުކޮށްދިން ހާދިސާއެއް ކަމަށް ބަޔާނުގައި ވެއެވެ.

''ދިވެހި ރާއްޖޭގެ އެންމެހާ އަސްލަކާއި އަސާސްތައް ގުޅިލާމެހިފައިވާ އިސްލާމް ދީނަށް، ޓެރަރިސްޓުންތަކެއް ދިން ޚުޠޫރަތްތެރި ވިހަ ގަދަ ފިކުރީ ހަމަލާ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯރކްގެ ރިޕޯޓު ލިޔެ ތައްޔާރުކޮށް، ޢާންމު ކުރުމަށް ވާގިވެރިވެ، އަދި އެކަމަށް ތާޢީދުކޮށް، ނުވަތަ ދިފާޢުކުރި މީސްމީހުންގެ ވާހަކައަކީ، ދިވެހި ތާރީޚުގައި ނުހަނު ކަޅުއަނދިރި އަކުރުން ކަނޑައިނެގޭނެ ވާހަކައެއް ކަމާމެދު ކުޑަކޮށްވެސް ޝައްކެއް ނެތެވެ.'' ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އެމްޑީއެން އުވައިލުމަކީ ރައްޔިތުން އިސްލާމް ދީނުގެ ހިމާޔަތުގައި މިއަދު ކުރަންޖެހިފައި މިވާ ޖިހާދުގެ އެންމެ ފުރަތަމަ ހަރުފަތް މާތް ރަސްކަލާނގެ ރަހުމަތްފުޅުން ގިރާކުރެވިއްޖެ ކަމުގެ ސިގުނަލެއް ކަމުގައި ވިޔަސް، އިތުރަށް ކުރަން ޖެހޭ ބުރަ އަދި ގިނަ މަސައްކަތްތައް ފުރިހަމަ ކުރުން ކުރިޔަށް އޮތްކަން އެެއްވެސް ރައްޔިތަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ބަޔާނުގައިވަނީ، އިސްލާމީ ދިވެހި ދައުލަތުގެ ތާރީހުގައި ދޭތެރެ ދޭތެރެއިން ފާޅުވާ ނުބައި އަނިޔާވެރި ހައްދުފަހަނަ އަޅާފައިވާ ޣައްދާރުންގެ މަކަރުވެރި ސައްލާތަކާއި ރޭވުންތަކުގެ ކުރިމަތީގައި، އިސްލާމް ދީން ހިމާޔަތް ކުރުމަށް އަތުކުރިއޮޅައިގެން ހުޝިޔާރުކަމާއެކު ރައްޔިތުން ތިބުމަށް އިލްތިމާސްކޮށްފައެވެ. އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ނެރުނު އެމް.ޑީ.އެންގެ މިޢުދުވާނީ ރިޕޯޓު ލިޔެ ޢާންމު ކުރުމަށް ފަހު، ބޭރު ކަރަކަރައަށް ފިލަފިލައިގެން ގޮސް ތިބި މީހުންނާއި، އެކިއެކި މަޤާމުތަކުގައި ތިބެ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަގަމުންދާ އެންމެހާ ޚާއިނުން ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޢިލްމުވެރިންގެ ބަޔާނުގައި ގޮވައިލައްވާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...