އިދިކޮޅުގެ އެއްވުމުގެ ތެރެއިން ކުރީގެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް!
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމްކޮށްގެން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ކުރީގެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ބަޑި ބުރާސްފަތި" ނަމުގައި ކުރިއަށްދިޔަ މި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މީގެ ކުރިން ސަންގުޓީވީގައި ނޫސްވެރިއެއްގެ ގޮތަށް ހަަރަކާތްތެރިވަމުންދިޔަ އިބްރާހިމް ސައީދު (ކޭޑް) އެވެ.
މި އެއްވުން ކުރިއަށްދިޔަ ޕީޕީއެމް-ޕީއެންސީ އޮފީސް ކައިރިން ކޭޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދާއި އެ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިން ވަނީ ޔަގީންކޮށްދީފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް