ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސައިކަލްތަކެއްގައި ރޯކޮށްލައިފި
ހެލްެމެޓް އަޅައިގެން ތިބި ބަޔަކު، މާފަންނު އިހުސާން ފިހާރަ ކައިރީގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލައިިފިއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި 6 ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު 2 ސައިކަލަކަށް އިތުރު ގެއްލުންތައް ވަނީ ލިބިފައެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ހުރި މ.ސަބުދެލި ގޭގެ ގުރައުންޑް ފްލޯގައި ހަދާފައިވާ ގަރާޖުތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައިވެސް ވަނީ އަލިފާން ހިފައި ގެއްލުން ވެފައެވެ.
މި ހާދިސާ ހިނގުމުން ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ ކުޑަ ވަގުތުކޮޅެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.
ފުލުހުން ދަނީ މި ހާދިސާ އިިތުރަށް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް