އުދަ އަރާފާނެތީ، ބްރިޖާއި ހައިވޭގައި އުޅަނދު ދުއްވުމަށް ސަމާލްވުމަށް އިލްތިމާސްކޮށްފި
އުދަ އަރާފާނެކަމުގެ ފުރުސަތު އޮތުމުން ބްރިޖާއި ހައިވޭގައި އުޅަނދު ދުއްވުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު އުދަ އަރާފާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ބުރިޖާއި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމަށް ސަމާލުކަން ދިނުމަށެވެ. އުދަ އަރާފާނޭކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ މިއަދު 17:00 ހަމައަށެވެ.
މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ވަނީ މިރޭގެ 10:30 ހުގެ ނިޔަލަށް ހުދު ސަމާލު ދަންމާލާފައެވެ. މެޓް އޮފީހުން ވަނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނޭކަމަށް ލަފާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް