ސީބެޑެއްގައި އޮޔާ ދިޔަ މީހަކު ސަލާމަތްކޮށްފި
ސީބެޑެއްގައި އޮޔާ ދިޔަ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.
އޮޔާ ގޮސްފައިވަނީ ތ ގުރައިދޫގެ މޫދަށް އެރި އުޅުނު 19 އަހަރުގެ އަންހެނެކެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ގުރައިދޫގެ ރަށުފަންނާއި ދިމާލުން ސީބެޑެއްގައި އަންހެނަކު އޮޔާ ދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެދުނު 10:13 ގައި ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް އޭނާ ސަލާމަތްކޮށްފައިވާކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
އަދި އޭނާ ސަލާމަތްކޮށްފައިވަނީ ކަނޑުމަތިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ ރަހުމަތްތެރިންނާއިކު މިއަދު ހެދުނު މޫދަށް ދިޔަ މީހެކެވެ. އޭނާ އޮޔާ ދާ މަންޒަރު ފެނި ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެވަގުތު މޫދަށް އެރި ތިބި މީހުންގެ ތެރެއިން ބަޔެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް