ހެލްމެޓް އަޅައިގެން ތިބެ ފޭރުނު މީހުން ހައްޔަރުކޮށްފި
ހެލްމެޓް އަޅައިގެން ތިބެ މިއަދު މާލޭގައި ފޭރުމުގެ އަމަލެއް ހިންގި މައްސަލާގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 23 އަހަރުގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖެކެވެ.
މިއަދު ހެނދުނު މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދިނުމަށްފަހު ފޭރިގަތީ 2.3 މިލިއަން ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި އެސްބީއައި ކައިރިން ފޭރިފައިވަނީ ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާ ކަމަށެވެ.
ފޭރުމުގެ އަމަލު ހިންގި މީހުން އަތުލައިގަތް ނަމަވެސް އެމީހުން ފޭރުނު ފައިސާ ހޯދުނު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް