ގެރި މެރުމުގެ ތުހުމަތުކޮށް ފާއިތުވި 3 އަހަރު އިންޑިޔާގައި 36 މުސްލިމުން މަރާލި!
އިންޑިޔާގައި ގެރި މަރަމުންދާ ކަމަށް ތުހުމަތުކޮށް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި 36 މުސްލިމުން މަރާލާފައިވާ ކަމަށް ބައިނަލްއަޤްވާމީ ޖަމިއްޔާއަކުން ބުނެފިއެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފައިވާ ގޮތުގައި ގެރި މަރާލި ކަމަށް ތުހުމަތުކޮށް އިންޑިޔާގައި ފާއިތުވި 3 އަހަރު މެރި މީހުންގެ ޖުމްލަ އަދަދަކީ 44 ކަމަށެވެ. އަދި އޭގެ ތެރެއިން 36 މީހުންނަކީ މުސްލިމުން ކަމަށް އެޗްއާރްޑަބްލިއު އިން ނެރުނު ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެ ރިޕޯޓުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ އެއްކަމަކީ ގެރި މަރާކަމަށް ތުހުމަތުކޮށް މީހުންގެ ފުރާނަ ނަގާލަމުންދާ މައްސަލަތައް އިންޑިޔާގެ ފުލުހުން އެކަށީގެންވާ ގޮތަކަށް ނުބެލުމެވެ.
އެގޮތުން ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހާރު ވެރިކަން ކުރަމުންދާ ބީޖޭޕީގެ އިސްބޭފުޅުންގެ ބަހުރުވަ ހުންނަ ގޮތުން ގެރި މަސް ކައިގެން ވެސް ބައެއް މީހުން މަރާފައިވާއިރު އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންވެސް ފަސް ޖެހޭކަމަށެވެ.
އިންޑިޔާގައި ގެރި މެރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ހިންދޫ ދީނުގެ މީހުން ދެކޭ ގޮތުގައި ގެރިއަކީ މާތް އެއްޗެކެވެ. ހިންދޫންގެ މި ޤަބޫލުކުރުންތަކާއި ހުރެ އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ކަތިލުން ވަނީ މަނާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް