މަލީކް މި އީދުގައި މަދިރިއަށް ބުނަނީ ހޯހޯއޭ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޑަކުޑަ މިސްކިތް ފްރެންޑް، މަލީކަކީ މިހާރު ގިނަބައެއްގެ ލޯބި ހޯދާފައިވާ ކުޑަކުއްޖެކެވެ. ހަތަރު އަހަރުގެ މަލީކް ފާހަގަކުރެވިފައިވަނީ އުމުރުންނާާއި އިސްކޮޅުން ކިތަންމެ ކުޑަކަމުގައިވިޔަސް، ހިތުގެ އެންމެ ފުންމިނުން އިންތިހާ ދަރަޖައަށް ގައުމީ ލޯބިވާ ކުއްޖެއްގެ ގޮތުގައެވެ.
މިފަހަރުގެ ކުޑައީދުގައި ހަމަ އެ ގައުމީ ލޯތްބާާއި އެކު މަލީކް މިވަނީ ގައުމުގެ ހުރިހާ އަފްރާދުންގެ ލާބައާއި މަންފާއަށް ޚާއްސަ ކެމްޕޭނެއް ފައްޓާފައެވެ.
އެލައިޑް އިންޝުއަރެންސް ކުންފުނިން އާންމުންނަށް ދޫކޮށްލި ވީޑިޔޯއެއްގައިވާގޮތުގައި މިފަހަރުގެ އީދާއި ގުޅިގެން މަލީކް ވަނީ މަދިިރިއަށް ހޯހޯބުނަން ހުރިހާ ދިވެހިންގެ ގާތުން އެދިފައެެވެ.
އީދު ދުވަހުގެ އީދުނަމާދު ނިންމާލައި މަލީކުގެ މިސްކިތު ފްރެންޑް ރައީސް ސޯލިހާއި ސަލާންކުރުމަށްފަހު މަލީކުގެ ގޭގައި އީދު ސަޔަށް އިންސާފުކުރަމުން، މިކެމްޕޭން ހިންގާނެ ވާހަކަ މަލީކް އިއުލާންކުރީ އޭނާގެ މާާމަ ކުރި ސުވާލެއްގެ ޖަވާބަކަށެވެ. އެއީ މި އީދު ދުވަހު ގައުމަށްޓަކައި ކޮށްދޭނީ ކޮން ކަމެއްތޯއެވެ.
https://www.facebook.com/alliedmv/videos/926588177673159/?q=allied+insurance+company&epa=SEARCH_BOX
މަލީކް ބުނިގޮތުގައި މަދިރި ހޯހޯ ކެމްޕޭން ހިންގަން އޭނާ ނިންމީ އޭނާގެ ރަހުމަތްތެރި އަމީނަށް ޗިކުންގުންޔާ ޖެހި ބަލިވުމުގެ ސަބަބުންނެވެ.
"މިއުޅެނީ މަދިރި ނައްތާލުމުގެ ކެމްޕޭން ކުރަން. މަދިރި ގިނަވީމަ ޑެންގީއާއި ޗިކަންގުންޔާ އިތުރުވަނީ. މިސްކިތުން އައިއިރު ދުށިން ސާފުނުކޮށް ހުރި ތަންތަން. ދެން މިތަންތާ މަދިރި ބިސް އަޅަނީ. ދެން ފެތުރޭނީ ބަލި. އެހެންވީމަ އެންމެން އެބަޖެހޭ މަދިރިއަށް ހޯހޯއޭ ބުނަން" މަލީކު، އެ ވީޑިޔޯގައި ވާހަކަ ދައްކަމުން ބުންޏެވެ.
ނަމަވެސް މަލީކު ކެމްޕޭން ރަސްމީކޮށް ފަށާނީ އޭނާގެ ޚާއްސަ ފްރެންޑަކަށް ގުޅުމަށް ފަހުގައެވެ. އެއީ މުލީއާގޭގައި އުޅޭ މަލީކްގެ މިސްކިތު ފްރެންޑެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް