ބާޣީ ލުުތުފީ ރާއްޖެ ގެެނެސްފި - މޫނުމަތިން ފެންނަނީ ހިނިތުންވުން
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާގެ މޭސްތިރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ހ.ހާޖަރާގޭ އަބްދުﷲ ލުުތުފީ މިރޭ ރާއްޖެއަށް ގެެނެސްފިއެވެ.
އޭނާ ގެނެސްފައިވަނީ ރާާއްޖެ ގަޑިން މިރޭ 21:30 ގައި ޖެއްސި އެމިރޭޓްސްގެ ފްލައިޓް އީކޭ653 އިންނެވެ. ލުތުފީ ގެނައީ ފުލުހުންގެ ޚާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
ލުތުފީ ފުލުހުންގެ ވެހިކަލާއި ހަމަޔަށް ދިޔަ އިރު އެތަނަށް އެއްވެފައިވާ ޢާއްމު ރައްޔިތުން ވަނީ ލުތުފީ ދާންޖެހޭނީ ޖަލަށްކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައެވެ.
ލުތުފީ ގެނެސްފައިވަނީ އޭނާ ރާއްޖެއަށް ދިއުމަށް އިއުތިރާޒެއް ނެތްކަމަށް ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ލިޔުންތަކެއް ދިނުމުންނެވެ.
އޭނާ ވަނީ މިއަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހު ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލަައަށް ހަވާލުވެފައެވެ. އެއަށްފަހު ފުލުހުން ދަނީ ކޮޅުނބުގައި އޭނާގެ ކަންތައްތައް ބަަލަހައްޓަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް