N/A
N/A
ހަބަރު 11 Nov 2019 | 08:03

އާރާ 2

އާރާ ކުނިކަހަމުން ގޮސް ގޭގައި ހައްދާފަހުރި ގަސްތަކާ ދިމާއަށް ދިޔައެވެ. ކުނިކަހަން އޮތްއިރު އާރާއަށް އޭނާގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. އާރާ ފަހަތަށް އެނބުރިލަމުން "މަންމާ ބިލަމަގު ކޮޅެއް ބިނދެދެން…ވީ..." އާރާގެ ބަސް ހުއްޓުނެވެ. އާރާ މަންމަ ކަމަށް ހީކޮށް އެނބުރިލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އާރާ ކައިރިއަށް ހިނި އައެވެ. "އަހަރެންވެސް ދޯ! މިއޮއްގަންނަ ބިރެއް ދެން" އަލުން ކުނިކަހަން ފަށަމުން އޭނާ ހިތާހިތުން ކިޔާލިއެވެ.

ކުނިކަހާ ނިމިގެން އާރާ ގޭތެރެއަށް ވަންނަން ހިނގައިގަތްތަނާ އޭނާގެ ބައްޕަ ވަހީދު އައިސްގެއަށް ވަނެވެ. "ބައްޕާ… ސައިބޯން ހިނގާ" އާރާ ހިނިތުންވެލަމުން ބުނެލިއެވެ. އާރާ އަކީ ހުސްނާ އަދި ވަހީދުގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ދެމަފިރިން ވަރަށް ލޯބިން ބަލާބޮޑުކޮށް ފައި ހުރި އަޚްލާޤް ރަނގަޅު ކުއްޖެކެވެ. މި ކުޑަކުޑަ އާއިލާ ކައިބޮއެ އުޅެނީ އަބަދުވެސް އެކުގައެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން ތިންމީހުން ސައިބޯން މޭޒު ދޮށުގައި ތިއްބެވެ. "ދަރިފުޅާ އާރާ… ދަރިފުޅު މިހާރު ފިހާރައިގެ ވަޒީފާއިން ކެނޑުނުތާ ކިހާ ދުވަހެއް ވެއްޖެތަ؟ ވަޒީފާއެއް ހޯދަން އުޅެންވީނު؟" ވަހީދު ސައިތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. "އެބަ ވިސްނަން ތިކަމާ ބައްޕާ. އެކަމަކު ފިހާރައެއްގެ ކައުންޓަރެއްގަ ހުންނަން ބޭނުމެއް ނޫން" އާރާ އިސްޖަހާލަމުން ބުނެލިއެވެ.

މީގެ ދެއަހަރު ކުރިން ސުކޫލު ނިންމާ ލުމަށްފަހު، އާރާގެ ބައްޕަގެ އެދުމަކަށް ހުސޭނުގެ ފިހާރައިގެ ކައުންޓަރުގައި ކޭޝިއަރެއްގެ ގޮތުގައި އާރާ މަސައްކަތް ކުރިއެވެ. ހުސޭނަކީ ވަރަށް ހެޔޮ މީހެކެވެ. އާރާ އަށް ފުދޭވަރެއްގެ މުސާރައެއްވެސް ހުސޭނު ދެމުންއައެވެ. އާރާ މަސައްކަތް ކުރަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކުއެވެ. ހުސޭނު ވަރަށް ގިނައިން އާރާއަށް ތައުރީފު ކުރެއެވެ. އަދި އާރާގެ ބައްޕަ ވަހީދު ކައިރީވެސް އެވާހަކަ ދައްކައެވެ. އާރާ ހުސޭނުގެ ފިހާރައިގައި މަސައްކަތް ކުރަމުންއައީ ހެނދުނާއި ރޭގަނޑުގައެވެ. އެއީ ހެނދުނު އަށަކުން މެންދުރު ބާރާ އަދި ރޭގަނޑު އަށަކުން އެގާރަ އަށެވެ. ރޭގަނޑު އެގާރަޖަހާއިރު ފިހާރަ ބަންދު ކުރިމަނަވެސް ސޭލްސް ހެދުމަށްފަހު އާރާއަށް ގެއަށް ދެވޭއިރު ހުންނަނީ ގަޑިން ބާރަޖަހާފައެވެ. އާރާ ފިހާރައިގައި މަސައްކަތް ކުރާތާ ފަސްމަސް ވީތަނާ ހީނުކުރާ ކަހަލަ ކަމެއް އާރާއާ ކުރިމަތިވިއެވެ.

ހުސޭނަކީ ރަށުގައި ނަން މަޝްހޫރު ވިޔަފާރި ވެރިއެކެވެ. ހުސޭނުގެ ތިން ފިރިހެން ދަރިން ތިބެއެވެ. އޭގެ ތެރެއިން މުހީން އަކީ ހުސޭނުގެ އެހެން ކުދިންނާއި ޚިލާފަށް ލާނެއްކޮށް އުޅޭ ކުއްޖެކެވެ. ރަށުތެރޭގައި ގުރޫޕް ހަދައިގެން އަންހެން ކުދިންނާއި ފޮށުމާއި ބެލުމެއްނެތި ހުސޭނުގެ ލާރިތައް ކެފޭ ތަންތަނަށް ގޮސް ހަރަދުކޮށް އުޅުމަކީ މުހީންގެ އާދައެކެވެ. ލާރި ބޭނުންވާ ކޮންމެ ފަހަރަކު ފިހާރަޔަށް ވަދެ ލާރި ނަގައިގެން ބޭނުން ކުރެއެވެ. ހުސޭނު ހުންނަނީ އެކަމާ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. އެއްޗެކޭ ބުނެފިނަަމަ ދެން މުހީން ހަދާނީ ކިހިނެއްކަމެއް ނުވަތަ ކުރާނީ ކޮންކަހަލަ އަމަލެއް ކަމެއް ހުސޭނަކަށް ނޭނގެއެވެ.

މުހީން ރައްޓެހިންނާއެކު ސަކަރާތް ޖަހަމުން އައިސް ފިހާރަޔަށް ވަނީ އާރާ ކައުންޓަރުގައި ހުއްޓައެވެ. އާރާ ފެނުމުން މުހީން އާރާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

މުހީން ރައްޓެހިންނާއެކު ސަކަރާތް ޖަހަމުން އައިސް ފިހާރަޔަށް ވަނީ އާރާ ކައުންޓަރުގައި ހުއްޓައެވެ. އާރާ ފެނުމުން މުހީން އާރާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މުހީންގެ ރަށްޓެހިންނަށް ވެސްވީ ހަމައެވަރެވެ. ހުރިހާ އެންމެން ބަލަން ފެށުމުން އާރާއަށް އުނދަގޫވިއެވެ. އެހެންކަމުން އާރާ އަރިއަކަށް އެނބުރިލައިފައި ކައުންޓަރުމަތީ ހުރި ފުޅިތައް ތަރުތީބު ކޮށްލިއެވެ. މުހީން ކައުންޓަރު ކައިރިއަށް އައިސް އާރާ އާ ދާދި ކައިރިއަށް ގުދުވެލާފައި ކައުންޓަރުގެ ވަތްގަނޑުން 500 ރުފިޔާ ނެގިއެވެ. "މަންޖޭ އަހަރެންގެ ބައްޕަ އައީމަ ބުނަށްޗޭ އަހަރެން މި ނެގި ވާހަކަ" ލާނެއް ގޮތަކަށް މުހީން ބުނެލިއެވެ. އާރާ އެއްވެސް އެއްޗެއް ނުބުނެ ބަލަން ހުރީއެވެ. "މަންޖެގެ ތި ބެލުން ވަރަށް ފުރިހަމަ… މަށަށް ވަރަށް ކަމުދޭ އިނގޭ" މިހެން ބުނެފައި މުހީން އޭނާގެ ރަށްޓެހިންނާއެކު ނުކުމެގެން ހިނގައްޖެއެވެ.

ބާރަޖަހަން ކައިރިވެފައި ހުއްޓައި ފިހާރައިގެ ސޭލްސް ނިންމާލުމަށްފަހު ގެއަށް ދިއުމަށް އާރާ ނުކުތެވެ. ކަޅުފޮއެ އަނދިރި ވިއްސާރަ ރެއެކެވެ. ފިހާރައިން ނުކުންނަމުން ކުޑަހުޅުވާލިއެވެ. ފުދޭވަރަކަށް ވައިވެސް ޖެހެއެވެ. ވަގުތުގެ ގޮތުން ނާއި ވިއްސާރައިގެ ސަބަބުން އެއްވެސް މީހަކު މަގެއްމަތިން ފެންނާކަށް ނެތެވެ. އާރާ މަޑުމަޑުން ލަވަކިޔަމުން ގެއާދިމާއަށް މިސްރާބުޖެހިއެވެ. ފިހާރައިން ގެއާ ހަމައަށް ދެވެނީ ދިހަވަރަކަށް މިނިޓްގެ ރާސްތާއަކުންނެވެ. މަގުމަތީގައި ޖަހާފައިވާ ބޮކި ތަކުގެ އަލިވަނީ ހެދިފައިވާ ގަސްތަކުގެ ސަބަބުން ފަނޑުވެފައެވެ. އާރާ ހިނގަމުން ހިނގަމުން އައިސް އާރާގެ، ގެ ހުންނަ މަގަށް ނުކުތްތަނާ ކަންމަތީ ހުރި ގޭގެ ރުކުން ކާއްޓެއް އާރާގެ ކުރިމައްޗަށް ވެއްޓުނެވެ. ލިބުނު ސިހުމުން އާރާއަށް ހަޅޭއްލަވައި ގަނެވުނެވެ.

އެވަގުތު އާރާއާ ދާދި ކައިރިން މީހަކު ހީގަތް އަޑުއިވުނެވެ. އަޑުއައީ އާރާގެ ފަހަތުންނެވެ. އާރާއަށް ގުޑިލަންވެސް ނޭނގިފައި ހުރެވުނީއެވެ. އެގަޑީ އެތަނުގައި ހުންނާނީ ވެސް ކާކު ހެއްޔެވެ؟ އެއީ ކާކުބާ؟ ފަހަތައް އެނބުރި ބަލަންވީބާ؟ އާރާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ހަދާނެ ގޮތެއްނޭނގި ހުއްޓިފައި ހުރި އާރާ އަށް ދެން އިވެންފެށީ މީހެއްގެ ފިޔަވަޅުތަކެއްގެ އަޑެވެ. އެފިޔަވަޅުތަކުގެ އަޑުބާރުވަމުން އައެވެ. "އާރާ ބިރުގަތީތަ؟" ފަހަތުހުރި މީހާ ބުނެލިއެވެ. އާރާ ފަހަތައް އެނބުރި ބަލާލިއިރު ހުރީ މުހީން އެވެ. "އާރާ ބިރުގަތީހޭ؟" މުހީން ތަކުރާރު ކޮށްލިއެވެ. އާރާ އެއްވެސް އެއްޗެއް ނުބުނެ އެނބުރި ގެއާ ދިމާއަށް ދާންފެށިއެވެ. "އަނެއްކާ މިލައިގަތީ ކޮންކަމެއްބާ؟ މި މުހީން އަހަރެންގެ ފަހަތުން މިއައީ ކީއްކުރަންތަ؟ ވަރަށް ފޫހިވޭ." އާރާ ބާރު ހިނގުމުގައި ގޮސް ގެއަށް ވަނެވެ. "ދަރިފުޅު ހާދަ ލަސްވީ މިރޭ؟" ހުސްނާ ގޯތިތެރޭގައި ހުރި އުނދޯލީގައި ކިޔަވަން ހުރެފައި އާރާ ފެނުމުން ސުވާލު ކުރިއެވެ. "ސޭލްސް ހަދަން ތަންކޮޅެއް ގިނައިރު ވީ މިރޭ" ކުޑަ ލައްޕާލަމުން އާރާ ބުނެލިއެވެ.

ދެމައިން އެކުގައި ގެއަށް ވަދެ ދޮރުގައި ތަޅުލިއެވެ. އާރާ ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯތެވެ. ނަމަވެސް ބަނޑުހައި ވެފައި ހުރިކަން އިހުސާސް ވެގެން ތިރިއަށް ގޮސް ބަދިގެއިން ކާއެއްޗެއް ފެނޭތޯ މަސައްކަތް ކުރިއެވެ. އާރާ ތައްޓަކަށް ބަތް އަޅައިގެން އެއަށް ރިހާކުރު އަޅައިގެން މޮޑެމުން އައިސް ކާގޭ މޭޒު ދޮށުގައި އިށީންދެ ކާންފެށިއެވެ. ކާމޭޒު ކައިރީ ހުންނަ އިރު ކުޑަދޮރުން ގޭގައި ހައްދާފައިވާ ގަސްތައް ފެންނަން އޮވެއެވެ. އާރާ ބަތް ސުވަލެއް އަނގަޔަށް ލަމުން އިސްއުފުލާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އަދިވެސް ވާރޭ ވެހެއެވެ. ގޭގެ އަރިމަތީގައި ދިއްލާފައިވާ ބޮކީގެ ފަނޑުއަލީގެ ތެރެއިން އާރާއަށް ގަސްތަކު ކައިރީ މީހަކު ހުރިހެން ސިފަވިއެވެ.

ނުނިމޭ....

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...