ނަރުދޫގައި އާ އިންޖީނުގެ އަޅަން ބަޔަކާ ހަވާލުކޮށްފި
ށ. ނަރުދޫގައި އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
އެކަމާ ބެހޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، އެ މަސައްކަތް ހަވާލު ކުރި ސީސައިޑްއާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ.
އެކަމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.
ނަރުދޫގެ އާ އިންޖީނުގޭގެ މަސައްކަތް ސީސައިޑް ކުންފުންޏާ ހަވާލު ކުރީ 5.11 މިލިއަން ރުފިޔާއަށް، 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ފެނަކައިން ބުނީ އަންނަ ބުރާސްފަތި ދުވަހު މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރަށްރަށަށް ދޭ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިމަހުގެ 20 ވަނަ ދުވަހު ފ.ބިލެއްދޫގެ އާ އިންޖީނު ގޭގެ ބިންގާ ވަނީ އަޅައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް