ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލްކަމަށް ޝަކީލް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މުހައްމަދު ޝަކީލް ހަމަޖައްސައިފިއެވެ.
ޝަކީލް އެމަގާމަށް ހަމަޖައްސާފައިވަނީ މިއަދު އޮތް އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި، ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޝަކީލް ވަނީ މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ އިތުރުން ކުރީގެ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ޝަކީލް މި މަގާމަށް އައްޔަންކުރެވުނީ ކުރިން މި މަގާމުގައި ހުންނެވި އަބްދުލް މަތީން މުހައްމަދު އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. މަތީން މަގާމުން އިސްތިއުފާާ ދިނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އޭނާ ދިން ޓިކެޓު އަތުލުމުންނެވެ.
މަތީން ވަނީ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރުމަށް ފޯމް ހުށައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް