އިހްލާސްތެރި މީހަކަށް ވުރެ މުހިންމީ ވަކި ނިޒާމެއް: ނަޝީދު
އިހްލާސްތެރި މީހަކަށް ވުރެ މުހިންމީ ވަކި”ނިޒާމެއް” ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބައެއް މީހުން ބުނޭ ބޭނުން ވަނީ އިހްލާސްތެރި މީހެކޭ، ނޫން ބޭނުން ވަނީ ނުލަފާ މީހާ ހުއްޓާ ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް، ބޭނުން ވަނީ އެ ނިޒާމް، އަޅުގަނޑުމެން ނުވެސް ދަންނަން އިހްލާސްތެރި މީހެއް ހެޔޮލަފާ މީހެއް، ހަމަ ދަންނަނީ އިންސާނެއް، އެންމެންނަކީ ވެސް އާދައިގެ އިންސާނުން،" ނަޝީދު ވިދާޅުވިއެވެ
ނަޝީދުގެ މިވާހަކަ އަމާޒު ކޮށްފައި ވަނީ ސިދާ ކާކަށް ނުވަތަ ސީދާ ކޮން ކަމަކަށް ކަން އެހާ ސާފެއް ނޫނެވެ.
އިހްލާސްތެރި މީހަކަށް ވުރެ މުހިންމީ ވަކި”ނިޒާމެއް” ކަމަށް ނަޝީދު ވިދާޅުވި އިރު ނަޝީދާއި އެކު މަޖިލީހަށްވާދަ ކުރައްވަވާ އިބްރާހިމް މުޙައްމަދު އެންމެ އިސްކަމެއް ދެއްވާ ކަމަށް ފާހަނގަ ކޮށްފައި ވަނީ އިހްލާސްތެރި ކަމާއި ދީން ވެރި ކަމަށެވެ.
އަދި ހަމަ އެއާއި އެކު މިދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ވެސް ނިޒާމުގެ ވާހަކަ އެވެ. އެމް.ޑީ.ޕީ އިން މަޖިލީސް މެޖޯރިޓީ ނެގުމަށް ފަހު ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ނަޝީދަށް ބޮޑު ވަޒީރުކަން ކުރެވޭނެ ގޮތް މަގުފަހި ކޮށް ދިނުމުގެ ވާހަކަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް