މަހުދީ ނިޔާވި ހާދިސާ: އެކަން މެދުވެރިވި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސާޗް އޮޕަރޭޝަން ގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މި ހާދިސާ ހިނގީ މެއި 16 ވަނަ ދުވަހު އެވެ.
ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދިޔަ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މަހުދީ ބައިވެރިވެ ޑައިވްކުރަނިކޮށް ހާލުދެރަވެ ފަރުވާ ދެނިކޮށް ނިޔާވުމަކީ މުޅި ގައުމަށް ފުން ހިތާމައެއް ލިބުނު ކަމެކެވެ.
މއ. ޖަންބުގަސްދޮށުގޭ އުމުރުން 43 އަހަރުގެ މަހްދީ ނިޔާވީ މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.
މަހުދީ, ނިޔާވުމާއި ގުޅިގެން އެކަން މެދުވެރިވި ގޮތް ބަލަން ވަރަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް