ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކުޑަކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.
އެކަން ކަށަވަރުކޮށްދީ ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ.
ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ގޮތުގައި އުތުރުގެ ރަށެއްގައި މި ހާދިސާ ހިނގިއިރު ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާގެ ބޭބެ އެކެވެ. އަދި އެ މަންޒަރު ވީޑިއޯވެސް ކޮށްފައިވެ އެވެ. ބައެއް ވީޑިއޯތައް އާންމުވެފައިވާ ކަމަށްވެސް ވެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ވަނީ އިތުރުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް