މާލެއަށް ބޯކޮށްވާރޭވެހި ފެންބޮޑުވަނީ؛ ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިހާރު މާލެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށާއި ފިހާރަތަކަށް ފެން ވަންނަމުންދާތީ އެމްއެންޑީއެފުން އަންނަނީ އެކަން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ ކަންކަންވެސް އެކި ސަރަހައްދު ތަކުގައި ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުުވެސް ނެރެފައެވެ.
މެޓުން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ، ހެނދުނު 10:45 އިން މެންދުރު ފަހު 14:00ގެ ނިޔަލަށެވެ.
އަދި ސަމާލު ނެރެފައިވާއިރު، މިހާރުވެސް މާލެއަށް އަންނަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް