ރިޟްވާންގެ މަރުގެ މައްސަލައިގައި ޕީޖީއާއި ކޮމިޝަނުން އެކުގައި މަސައްކަތް ކުރަން ފަށައިފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅިގެން ގެއްލިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތަކާއި ބެހޭ ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ފަށައިފިއެވެ.
މިކަން ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
އެ އޮފީހުން ބުނީ އަހުމަދު ރިޟްވާންގެ މައްސަލައާއި ގުޅިގެން ޕީޖީއާއި ގެއްލިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތަކާއި ބެހޭ ކޮމިޝަނުން ވާރކިންގް ލެވެލްއެއްގައި މަސައްކަތްކުރުމަށް ފަށާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ރަސްމީކޮށް ޕީޖީއަށް ހުށަހެޅުއްވުމުން އިންޞާފު ޤާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
ފޮޓޯ: ރާއްޖެއެމްވީ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް