މިއަދުގެ ހުކުރު ޚުޠުބާ އިޝާރާތް ބަހުރުވައިން ކިޔައިދޭގޮތަށް ނިންމައިފި!
އަޑު އިވުމުން މަޙްރޫމް ވެފައިވާ ކުދިންނަށް އިޝާރާތުން ހުތުބާ ކިޔަދޭގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެގޮތުން އެ މިނިސްޓްރީން ހާމަކުރައްވާގޮތުގައި އަޑު އިވުމުން މަޙްރޫމް ވެފައިވާ ކުދިންނަށް ހުކުރު ޚުތުބާ ކިޔާވަގުތު ޚުތުބާގައި ކިޔާތަކެތި އެނގޭނެ ގޮތް ހެދުމުގެ ގޮތުން ސައިން ލޭންގުއޭޖް ބޭނުން ކޮށްގެން ޚުތުބާ ކިޔައިދިނުން 27 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހުން ފެށިގެން އިސްލާމީ މަރުކަޒު ގެ ތިންވަނަ ބުރީގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެފަދަ ކުދިންނަށް ތިންވަނަ ބުރީގައި ތިބެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޚުތުބާ ކިޔަމުންދާ ވަގުތު ދައުލަތުގެ ޓީވީ، ޓީވީއެމް އިންވެސް އިޝާރާތް ބަހުރުވައިން ޚުތުބާ ކިޔާދޭ މަންޒަރު ފެންނާނެ އިންތިޒާމް ވަނީ ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.
އިޝާރާތް ބަހުރުވައިން މީގެ ކުރިންވެސް ވަނީ ހުކުރު ހުރުބާގެ އިތުރުން ޓީވީއެމްގެ ހަބަރު ގަޑިތައް ގެނެސްދީފައިކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް