ވޯޓުލުން ބަންދު، ނަތީޖާގެ އިންތިޒާރުގައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުން މިރޭ 7 ޖެހީއިރު ވަނީ ބަންދުވެފައެވެ. 7 ޖެހުމާއެކު ކިޔު ބަންދުކޮށްފައިވާއިރު ކުރިން ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 4 އަށެވެ.
ނަމަވެސް ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައި ވުމުން އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލާ ވަގުތު އިތުރުކޮށްފައެވެ. ވޯޓުލުން ބަންދުކޮށްފައިވާއިރު ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ 7:30 ގައެވެ. މިހާރު ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނީ ނަތީޖާއަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް