N/A
N/A
ހަބަރު 12 Nov 2018 | 19:52

މަޖިލިސް އުވާލީ މެންބަރުން ވިކެމުންދާތީ: ސިރިސޭނާ

ސްރީލަންކާގެ ގާާނޫނު ހަދާ މަޖިލިސް އުވާާލީ، އެ މަޖިލީހުގެ މެންބަރުން އަމިއްލައަށް، ނަފްސަށް އަގުކިޔާ ވިއްކަމުން ދިއުމުންކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސްއަށް ގާނޫނު އަސާސީން ލިބިދީފައިވާ ޚާއްސަ ބާރުގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ގާާނޫނު ހަދާ މަޖިލިސް އުވާލާފައެވެ. މި ނިންމުމާއި ބެހޭގޮތުން ގައުމާއި މުޚާތަބުކުރައްވަމުން ސިރިސޭނާ ވިދާޅުވީ މަޖިލިސް އުވާާލުމުގެ މައިގަނޑު ސަބަބަކީ މަޖިލީހުގައި ކޮރަޕްޝަންގެ މައްސަލަ އިތުރުވެ، މަޖިލިސް މެންބަރުން އެމީހުންގެ އަމިއްލަ ނަފްސު ވިއްކަމުން ދިޔުންކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ދެފަރާތުން މަޖިލީހުގައި ބާރުއޮތްކަން ދައްކަން މަސައްކަތް ކުރި ދަނޑިވަޅުގައި މެންބަރުން އެގޮތަށް ކަންތައްތައް ކުރަމުންދިޔުމުގެ ސަބަބުން ހިތާމަކުރައްވާކަމަށެވެ.

އަދި ހަމަ އެހެންމެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސުރިޔާ، މަހިންދަ ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަނެ، ފަހުން އެ ނިންމުން ބަދަލުކުރުމަކީވެސް ގާނޫނު ހަދާ މަޖިލިސް އުވާލަން ޖެހުނު ސަބަބެއްގެ ގޮތުގައި ސިރިސޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސިރިސޭނާ ވަނީ މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެހެންމެ ސްރީލަންކާގެ ފުލުހުންނާއި ސިފައިންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށްވެސް އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ލަންކާގެ އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މި އިންތިހާބު ނުބޭއްވޭނެ ގޮތް ހެދުމަށް އިދިކޮޅު ޔޫއެންޕީއިން ދަނީ ކޯޓަށް މައްސަލައެއް ވެއްދުމަށް ތައްޔާރުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.