ދެ ކޮރެއާ ގުޅުވައިދޭ މަގުތައް ގޮއްވާލަނީ-- ފޮޓޯ: ރޮއިޓާސް
ދެ ކޮރެއާ ގުޅުވައިދޭ މަގުތައް ގޮއްވާލަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 16 Oct 2024 | 04:53

ގުޅުންތައް އެއްކޮށް ކަނޑާލާނެކަމުގެ އިންޒާރަށްފަހު ދެކޮރެއާ ގުޅޭ ދެ މަގު، އުތުރު ކޮރެއާއިން ގޮއްވާލައިފި

ދެކޮރެއާ ގުޅުވައިދޭ ދެ މަގުގެ އުތުރުބައި، އުތުރު ކޮރެއާއިން ގޮއްވާލާފައިވާކަމަށް ދެކުނު ކޮރެއާ ގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފުން އަންގާރަ ދުވަހު އެގައުމުގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދެގައުމު ވަކިކުރާ ބޯޑަރު ރޮނގުގެ އުތުރުން އޮންނަ ދެ މަގުގެ ބައެއް ހިސާބުތައް ގޮއްވާލާފައިވަނީ އެގައުމުގެ ގަޑިން މެންދުރު ފަހު ކަމަށެވެ.

އުތުރު ކޮރެއާއިން މި ދެ މަގު ގޮއްވާލާފައިމިވަނީ، އެގައުމުގެ ވެރިރަށް ޕިއޮންގްޔަންގް އަށް ޕްރޮޕެގެންޑާ ލީފްލެޓްތައް ހިފައިގެން ޑްރޯންތައް ފޮނުވި ކަމަށް ދެކުނު ކޮރެއާގެ މައްޗަށް ތުހުމަތު ކުރުމާއި ގުޅިގެން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

މި ދެ މަގު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް ނަމަވެސް، އެ ދެ މަގު ހަލާކުވުމުން ދޭހަވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެކުނު ކޮރެއާއާ އެކު މަޝްވަރާ ކުރަން ބޭނުންފުޅުނުވާކަން ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް