ފޭސް ތިނެއްގައި މިރޭ ތިން މިނެޓަށް ހަވާ އަރުވާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފޭސް ތިނެއްގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފޭސް ތިނެއްގައި މިރޭ ހަވާ އަރުވާނީ 8:00 އާއި 8:30 އާ ދެމެދު ކަމަށެވެ. މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓަކަށް ކުރާ ކަމެކެވެ.
ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބުނި ގޮތުގައި ތިން މިނެޓަށް ހަވާ އަރުވާނެ އެވެ. ހަވާ އެރުވާ މަންޒަރު ބަލައިލާ ވީޑިއޯ ކުރުމަކީ ކުޑަކުދީންނާއި ބޮޑެތި މީހުން ޝައުގުވެރިވާ ކަމެކެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ރާއްޖޭގައި ހަވާ އަރުވަނީ ސިފްކޯ އިންނެވެ. ސިފްކޯ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް