ބަޓަރ ޗިކަން
ބަޓަރ ޗިކަން
ލައިފްސްޓައިލް 15 Mar 2024 | 06:04

ބަޓަރ ޗިކަން ހަދަންވީ މިހެން؛ ޔަގީނުންވެސް މީރުވާނެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބަޓަރ ޗިކަން އަކީވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކޮށް އުޅޭ ޑިޝް އެކެވެ. އެގޮތުން މީގެ ކުރިން ވެސް މި ޑިޝް ތައްޔާރު ކުރާނެ ގޮތެއް ވާނީ "ވޮއިސް" ގެ ބަދިގެއިން ގެނެސްދީފައެވެ. މިއަދު މި ގެނެސްދެނީ އެ ނޫން އެހެން ގޮތެވެ. މިއީވެސް ވަރަށް މީރު ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

500 ގ ބޯންލެސް ކުކުޅު (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް (ކުކުޅު މެރިނޭޓް ކުރުމަށް)

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް (ކުކުޅު މެރިނޭޓް ކުރުމަށް)

2 މޭޒުމަތީ ސަމުސާ މުގުރި މިރުސް

2 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ

1 ސައި ސަމުސާ ރީނދޫ

1/2 ޖޯޑު ޕްލެއިން ޔޯގަޓް

1 ސައިސަމުސާ އިނގުރު ޕޭސްޓް (ކުކުޅު މެރިނޭޓް ކުރުމަށް)

1 ސައިސަމުސާ ލޮނުމެދު ޕޭސްޓް (ކުކުޅު މެރިނޭޓް ކުރުމަށް)

1 މޭޒުމަތީ ސަމުސާ ގީ

1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފައި)

2 ސައި ސަމުސާ ލޮނުމެދު ޕޭސްޓް ( ގްރޭވީ ހެދުމަށް)

1 ސައިސަމުސާ އިނގުރު ޕޭސްޓް (ގްރޭވީ ހެދުމަށް)

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

3/4 ޖޯޑު ކެޝޫ ނަޓް

6 ރަތް ކުލައިގައި ހުރި ޓޮމާޓޯ (ކިޔުބް ކޮށް ކޮށާފައި)

100 މލ ހެވީ ކްރީމް

2 މޭޒުމަތީ ސަމުސާ ބަޓަރ

1/2 މޭޒުމަތީ ސަމުސާ ފެނު ގްރީކް ފަތް (ހިއްކާފައި މުގުރާފައި)

ލޮނު

2 މޭޒުމަތީ ސަމުސާ ކޮރެއަންޑާ ފަތް (ގާނިޝް ކުރަން)

ތައްޔާރުކުރާނެ ގޮތް

1) ފުރަތަަމަ މުގުރި މިރުހާއި، ގަރަމް މަސާލާ އާއި ރީނދޫ ތައްޓެއްގެ ތެރޭގައި އެކުލަވާލާށެވެ. އަދި އޮލިވް އޮއިލް ފޮދާއި ލުނބޯ ހުތްވެސް އެހެން ވަކި ތައްޓެއްގައި އެކުލަވާލާށެވެ. ދެން ގަރަމް މަސާލާ މިކްސްގެ 1 1/2 މޭޒުމަތީ ސަމުސަލާއި ލުނބޯހުތް/އޮލިވް އޮއިލް މިކްސް، އާއި ސައިސަމުސަލެއްގެ ލޮނާއި ޔޯގަޓް ކޮށާފައި ހުރި ކުކުޅު ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ. ދެން މެރިނޭޓް ކުރުމަށް ފްރިޖުގައި ގާތްގަނޑަކަށް 2 ގަޑިއިރު ވަންދެން ބަހަށްޓާށެވެ.

2) މެރިނޭޓް ވުމުން، ބަޓަރ ޗިކަން ތައްޔާރުކުރާ ތަވާއަށް ގީ ކޮޅު އަޅައި އެ ދިޔާ ވުމުން މެރިނޭޓްކުރި ކުކުޅު ކޮޅު އެއަށް އަޅައި ރޯފިލަންދެން ފްރައި ކޮށްލާށެވެ.

3) ދެން ކުކުޅު ކޮޅު ތަވައިން ނެގުމަށްފަހު، އެ ތަވައަށް ފިޔާ އަޅައި ކުޑަކޮށް ފްރައިކޮށްލުމަށްފަހު، ޓޮމާޓޯ ޕޭސްޓް، އިނގުރު އަދި ލޮނުމެދު ޕޭސްޓް އަދި ކުރިން ތައްޔާރުކުރި ގަރަމް މަސާލާ މިކްސްގެ މޭޒުމަތީ ސަމުސަލެއް އެޅުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ.

4) އެތަކެތި ރަނގަޅަށް ފްރައި ވެލުމުން ކެޝޫ ނަޓް ކޮޅު އަޅައި ރަނގަޅަށް އެކުލަވާލުމަށްފަހު، ޓޮމާޓޯތައްވެސް އަލައި ރަނގަޅަށް ފްރައި ކޮށްލާށެވެ. ބޭނުންނަމަ ކުޑަ ފެން ފޮދެއްވެސް އަޅަލެވިދާނެއެވެ. ދެން ހެވީ ކްރީމް ފޮދުވެސް އަޅައި އެކުލަވާލުމަށއފަހު އުނދުން ނިއްވާލާށެވެ.

5) ދެން އެތަކެތި ހިހޫ ވުމުން މިކްސަރުން ރަނގަޅަށް މުގުރާލައި ގްރޭވީ ތައްޔާރުކޮށްލާށެވެ.

6) އެއަފަހު، ގްރޭވީ އަލުން ތަވައަށް ފުރާނާލުމަށްފަހު 2 މޭޒުމަތީ ސަމުސާ ބަޓަރ އެއަށ އެޅުމަށްފަހު ކުކުޅު ވެސް އަޅާލައި، މަޑު ގިނީގައި 20 ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ.

7) ދެން ލޮނު ހެޔޮވަރު ކޮށްލުމަށްފަހު، އިތުރަސް ގަރަމް މަސާލާ މިކްސް އަޅަން ބޭނުން ނަމަ އެޅުމަށްފަހު ކައްކާލުމަށްފަހު އުނދުން ނިންވާލާށެވެ. ފަހު ކަމަކަށް ފެނު ގްރީކް ފަތް ކޮޅާއި ކޮރިއެންޑާ ފަތް އޭގެ މައްޗަށް އަޅާލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...