ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު ނިޔާވެއްޖެ
ހދ.ނޮޅިވަރަމްފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ހާދިސާގައި މިހާތަނަށް ފަސް މީހަކު ނިޔާވެއްޖެއެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެއް އާއިލާއެއްގެ ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ ދެމަފިރިއަކާއި އެމީހުންގެ މާމަ ކާފަ އަންހެން ދަރިއެކެވެ. މީގެ އިތުރުން ހަމަ އެ ކުއްޖާގެ މަންމަވެސް ވަނީ ނިޔާވެފައެވެ.
އަދި އެހެން އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.
ނިޔާވި ތުއްތު ކުއްޖާގެ އުމުުރުން ވާނީ ގާތްގަނޑަަކަށް ތިން އަހަރުކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.
މި ދެމަފިރިންގެ ތެރެއިން ފިިރިހެންމީހާއަކީ ހދ.ނޮޅިވަރަމްފަރު ސްކޫލްގައި އެންމެ ގިނަދުވަސްވީ ޓީޗަރުކަމުގައިވާ ހުސެއިން އަބްދުﷲ އެވެ.
މި ފަރާތްތަކުގެ ހަށިގަނޑު ވަނީ ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދެވިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް