އީދު ބަންދުގައި މާލެ ސިޓީ ބެލެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތްތައް އިތުރުކޮށްފި
އަޟްހާ އީދު ބަންދުގައި މާލެ ސިޓީ ބެލެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތްތައް އިތުރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، އަޟްހާ އީީދު ބަންދާއި އީދުގެ ތައްޔާރީތަކަށް މާލޭ ގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށެވެ.
އީދު ބަންދަށް އަތޮޅު ތެރެއަށާއި، ރާއްޖެ އިން ބޭރަށް ފުރާ މީހުން ގިނަވުމާއި ގުޅިގެން ބަނދަރުތަކާއި އެއާޕޯޓް ގައި ކޮންމެ އަހަރަކުވެސް މީހުން ގިނަވާއިރު، އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އަންނަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވަމުންނެވެ.
އީދު ބަންދަށް ފަހު ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް