ވެހިކަލެއްގެ ތެރޭ ނިޔާވެފައި އޮތް މީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތާމެދު އާއިލާ ދަނީ ވާހަކަދައްކަމުން: ފުލުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ފޭސް ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވޭނެއް ތެރެއިން ނިޔާވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑާއިމެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަދައްކަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވާގޮތުން، ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އޭނާގެ މަރާ ގުޅޭގޮތުން ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނެތް ކަމަށެވެ.
އަދި އެ މީހާގެ ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަދައްކަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ ފޭސް 1 ސަހަރާ ކުރިމަތީ މަގުގައި ޕާކް ކޮށްފައިވާ ވެހިކަލެއްގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިއްޔެ ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް