ހަ އަހަރުގެ ކެންސަރ ޕޭޝަންޓެއް ފުލުސް އޮފިސަރަކަށް!
ކެންސަރުގެ ވޭނީ ބަލި ތަހައްމަލްކުރަމުންދާ ހަ އަހަރުގެ އަންހެންކުއްޖަކު، އެމެރިކާގެ ރަމްޒީ ފުލުސް އޮފިސަރކަމުގެ ހުވާ ކޮށްފިއެވެ.
ހަ އަހަރުގެ އެބީގެއިލް ރޯޒް އެރިއަސް ފުލުސް އޮފިސަރަކަށްވުމަކީ އޭނާ އެންމެ ކުޑައިރުއްސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. ނަމަވެސް މި ހުވަފެނަށް ހުރަސްއެޅުނީ ވަރަށް ނުރައްކާތެރި ކިޑްނީގެ ކެންސަރެއް އޭނާގެ ގައިން ފެނުމުންނެވެ.
އެބީގެއިލްއަށް ކީމޯ ތެރަޕީ ދީގެންވެސް އޭނާގެ ބަލި ފަސޭހަވެފައިނުވެއެވެ. އޭނާގެ ފުލުހަަކަށްވުމުގެ އުއްމީދު ފޭދެމުންދިޔަ ކަހަލައެވެ.
އެހެނަސް އެމެރިކާގެ ފްރީޕޯޓްގެ ފުލުހުންގެ އިދާރާއިން ވަނީ އެބީގެއިލްގެ ހުވަފެންތަކުގައި ކުލަޖައްސުވައިދީފައެވެ. އެ އިދާރާއިން ވަނީ އެބީގެއިލްއަކީ އެއްދުވަހުގެ ރަމްޒީ ފުލުސް އޮފިސަރަކަށް ހަދައިދީފައެވެ.
އެބީގެއިލްވަނީ ޕްރީޕޯޓްގެ ކޮމިޝަނަރގެ ކައިރީގައި އޭނާގެ ގައިގައި އުޅޭ ނުބައި މީހުންކަމުގައިވާ ކެންސަރުގެ ސެލްތަކަށް އަދަބުދޭނެކަމުގެ ހުވާކޮށްފައެވެ. އެބީގެއިލްއަށް ހުވާލައިދިން އިރު، ޕްރީޕޯޓުގެ ކޮމިޝަނަރ ރޯންހުރި ވީޑިޔޯ ސޯޝަލް މީޑިޔާގައި ދަނީ ވައިރަލްވަމުންނެވެ.
މިކަމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން ދަނީ އެބީގެއިލްއަށް ހެޔޮއެދުން ފޮނުވައި، ފްރީޕޯޓުގެ ފުލުހުންނަށް ސެލިއުޓް ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް