N/A
N/A
ހަބަރު 14 Jul 2019 | 06:44

އަނބުން ހީނުކުރާހާ ގިނަ ފައިދާ ލިބޭ

އަނބަކީ މުޅި ދުނިޔޭގައިވެސް އެންމެ މަޤްބޫލް އެއް މޭވާއެވެ.

ފަނި ގިރައިގެން، ނުވަތަ އަސާރަ ހަދައިގެން ވިޔަސް، އަނބު ބޭނުން ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ގިނައެވެ. މީރުކަމާއި އެއްވަރަށް އަނބަކީ ނުހަނު ގިނަ ފައިދާތައްވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 25 އިންސައްތަ ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ސާފުކޮށްދީ ރަނގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާނަމަ، ރޭގަނޑު ރޯނާވުން، ލޮލުން ފެންއައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.

އަނބު ކެއުމަކީ ރީތިކަން މަތީގައި ދެމި ހުރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ މޭވާއެކެވެ. އެގޮތުން އާންމުކޮށް އަނބު ކާނަމަ، ގައިގެ ހަން އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދދަ މައްސަލަތަކުން ކުރިމަތިވާ އުދަނގޫ ކުޑަކޮށްދޭނެއެވެ.

އެގޮތުން އަނބު ފޮތިކޮށްލުމަށްފަހު، 10 ވަރަކަށް މިނިޓް ވަންދެން އޮށާޅަ ނަގާފައިވާ ހިސާބު އުނގުޅިދާނެ އެވެ. މިއީ ހަން އަލިކޮށް، ދޮންކޮށްދޭ ކަމެއް ވެސް މެއެވެ.

އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މާބަނޑު އަންހެނުންނަށާއި، މައްސަރުކަންތައް ޖެހިފައިވާ އަންހެނުންނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. އަނބުގައި ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދޭ މާއްދާ އެކެވެ. އިއްދައިން ކެނޑުމުން ވަރަށް ގިނަ އަންހެނުން ވަރުބަލިވާގޮތް ވެއެވެ. މިހެންވާނަމަ އަނބު ބޭނުންކުރެވިދާނެ އެވެ.

ސަބަބަކީ ގިނަފަހަރު ވަރުބަލިވަނީ ލޭގައި ދަގަނޑުގެ ބައި މަދުވެ، ލޭދަށްވާގޮތް ވުމުންނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މާބަނޑު އަންހެނުން މާގިނައިން އަނބު ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫންކަން ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

މިދެންނެވި ފައިދާތަކުގެ އިތުރުންވެސް، އަނބު ކެއުމުން އިތުރު ފައިދާތައްވެސް ލިބިގެންދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...