އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ދަރަނިވެރިއެއް ނުވޭ: ނިޔާޒު
އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތްއިރު ދަރަނިވެެރިވެފައި ނުވާކަމަށް ހުޅުމާލޭ ދާއިރާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ ޕީޕީީއެމްއަށް ފޯން ބިލް ނުދެއްކޭކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރެއް ކުއޯޓް ޓްވީޓްކުރައްވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރުވެސް އެމްޑީޕީން ވަނީ ދަރަނި ނުވެ ޕާޓީ ހިންގާފައިކަމަށެވެ.
ނިޔާޒު ވަނީ އެކަމުގެ ޝުކުރު ޕާޓީގެ މެންބަރުންނާއި ގިނަ ޕާޓީތައް އެކުލެވޭ ވެރިކަމުގެ ނިޒާމަށް ތާާއިދުކުރި ހެޔޮއެދޭ ފަރާތްތަކަށް ރައްދުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިޔާޒަކީ އެމްޑީޕީގެ އިދިކޮޅު ހަރަކާތްތައް އެންމެ ވަރުގަދަވި ދުވަސްވަރު، އެޕާޓީގެ ޗެއަރޕާސަންގެ ނައިބުކަން އަދާކުރެއްވި ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް