އައްޑޫ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
މަޖިލިސް އިންތިޚާބުގައި އައްޑޫ ސިޓީގެ ގޮނޑިތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިޙު މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާއެވެ.
ރައީސް އައްޑޫއަށް ވަޑައިގެންނެވީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މިއީ މަޖިިލިސް ކެމްޕެއިންނަށް އައްޑޫއަށް ރައީސް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
މިފަހަރު އައްޑޫއަށް ވަޑައިގެން ރައީސް ވަނީ އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލާއި އިންޖީނުގޭގެ ހާލަތު ބައްލަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް