ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތުތައް ނުފަތުރާ: މިނިސްޓަރ އިމްރާން
ސްރީލަންކާއަށް ދީފައިވާ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތުތައް ނުފެތުރުމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހިންގާފައިވާ ޓެރަރިޒަމްގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމާއި އެފަދަ މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުން އެއްކިބާވެ ތިބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ހޯމް މިނިސްޓަރ އެހެން ވިދާޅުވިއިރު، ލަންކާގައި ދީފައިވާ ބޮމުގެ ހަމަލާތަކާއި ދިވެއްސަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް