ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
މިއަހަރުގެ އޭޕްރީލްމަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލެވޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ ހަފްތާގައި އާންމުކުރި މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިރޭގެ ދިހައެއް ޖެހުމާއި ޖެހެންދެނެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި އެޕްރީލްމަހުގެ ހަވަނަ ދުވަހު އޮންނަ މި އިންތިހާބު ގައި 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލެވޭނީ 2،454 މީހުންނަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް