ވެމްކޯ ކްލިކް ކޮލެޖް ކަޕްގެ ފުރަތަމަ ދަންފަޅީގެ މެޗްތައް ނިންމާލައިފި
ވެމްކޯ ކްލިކް ކޮލެޖްގެ ކަޕްގެ ފުރަތަމަ ދަންފަޅީގެ މެޗްެތައް ނިންމާލައިފިއެވެ.
ކްލިކް ކޮލެޖްގެ ކޮންމެ ސެމިސްޓަރއެއްގައި ބާއްވާ މި މުބާރާތުގެ ފުރަތަމަ ދަންފަޅީގެ މެޗްތައް ކާމިޔާބުކޮށްފައިވަނީ ވީ ޑެމް ބޯއީސް، ޓީމް އެދުރު އެފްސީ، ޓީމް ޕްރޯ ސްޕޯސްޓް ކުލަބް ބޯއިސް އަދި ޓީމް ޕްރޯ ސްޕޯސްޓް ކުލަބް ގާލްސްއެވެ.
އެގޮތުން މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ އެފްސީ ކައްޓި ހިއްވަރު އަދި ވީޑެމް ބޯއިސްއެވެ. އެމެޗް ފަހެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ވީޑެމް ބޯއިސްއެވެ. އެމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ މުހައްމަދު އަޒުލީންއެވެ.

ދެވަނަ މެޗްގައި އެދުރު އެފްސީ އަދި ޕްރޯ ސްޕޯޓްސް ކުލަބް ބޯއިސް ބައްދަލުކުރި އިރު އެދުރު އެފްސީ އެމެޗް ކާމިޔާބުކޮށްފައިވަނީ 3 ދޭއްގެ ނަތީޖާއަކުންނެވެ. އެ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެދުރު އެފްސީގެ އަހުމަދު ރިޒާއެވެ.

ތިންވަނަ މެޗްގައި ބައްދަލުކުރީ ޕްރޯ ސްޕޯޓްސް ކުލަބް ގާރލްސް އާއި ޓީމް ވާނުވާއެވެ. އަންހެން ކުޅުންތެރިންގެ އެ މެޗް ކާމިޔާބުކޮށްފައިވަނީ ޕްރޯ ސްޕޯރޓްސް ކުލަބް ގާރލްސްއެވެ. އަދި އެމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ވާޖީދާއެވެ.

މުޅިއެކު އަށްޓީމް ވާދަކުރާ މިމުބާރާތުގެ ހަވީރުގެ ދަންފަޅީގެ މެޗްތައް ފަށާނީ މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ



މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް