ހުޅުމާލޭގައި އެކްސިޑެންޓްއެއްވެ ދެމީހަކު ޒަަހަމްވެއްޖެ
ހުޅުމާލޭގައި މިއަދު ހެނދުނު އެކްސިޑެންޓްއެއް ހިނގައި ދެމީހަކު ޒަހަމްވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ސިލިކާ ކެއިރޯ ފިހާރަ ކައިރިން، ނިރޮޅު މަގުގައިއެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި ދެފަރާތް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ. ވޮއިސްއަށް މައުލޫމާތު ދެމުން އެހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ހުޅުމާލޭގައި އެކްސިޑެންޓްއެއް ހިނގައިގެން ދެމީހަކު ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ.
މީގެ ތެރެއިން އެކަކުގެ ބޮލަށް އަނިޔާވެ، ވާތުގައި ވަނީ ރެނދުލާފައެވެ. އަނެއް މީހާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން އެކަކު ދުއްވި ސައިކަލްގެ ފަހަތުގައި އަށް އަހަރުގެ ކުޑަ އަންހެންކުއްޖަކު އިން އިރު، އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.
މި އެކްސިޑެންޓް ހިނގައިިދިޔައީ ދުއްވާފައި ދިޔަ ކާރަކާއި ދެ ސައިކަލް ޖެހިގެންކަމަށްވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް