މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނޭކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުރުރުމާއެކު ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކުރެވޭކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާދެމެދު ބާރު މިނުގައި ވައިޖެހޭއިރު ވިލާ ގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނޭކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީވެ، މޫސުމަށް ބަލައި އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ވާރޭވެހި ފެން ބޮޑުވެދާނެތީވެ އެކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް