ލަންކާގެ ރިޔާސީ އިންތިޚާބު: ވޯޓުލާން ދަތުރުކުރަމުންދިޔަ ބަޔަކަށް ހަމަލާދޭން އުޅެފި
މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ދަތުރުކުރަމުންދިޔަ ފަރާތްތަކަކަށް އަމާާޒުކޮށް ހަމަލާދޭން މަސައްކަތްކޮށްފިއެވެ.
ސްރީލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓްކުރާ ގޮތުގައި ހަމަލާދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި، ވޯޓުލުމަށްޓަކައި ޕުއްޓަލަމް އިން މަންނާރު ޑިސްޓްރިކްޓަށް ދަތުރުކުރަމުންދިޔަ ފަރާތްތަކަކަށެވެ. މީގެ ތެރޭގައި ގިނަ ފަރާތްތަކަކީ އެގައުމުގައި ހިނގި ދާޚިލީ ހަނގުރާމައިގެ ސަބަބުން އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހުނު ފަރާތްތަކެކެވެ.
މިއަދު ފަތިހު މި ފަރާތްތަކުން ދަތުރުކުރަމުންދިޔަ ދެ ބަހަކަށް ވަނީ ހަމަލާދީފައެވެ. އެގޮތުން އެންެމެ ފުރަތަމަ އެ ބަސްތަކަށް ގާ އުކުމަށްފަހު، އެ ބަސްތަކަށް އަމާޒުކޮށް ވަނީ ބަޑިން ހަމަލާދީފައެވެ.
މި ހަމަލާތަކުގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. ލަންކާގެ ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް