އުރީދޫއިން އެމްއެންޑީއެފަށް ކަނޑުއަޑީގެ ޚާއްޞަ އިކުއިޕްމަންޓްތަކެއް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްއެންޑީއެފް
އުރީދޫއިން އެމްއެންޑީއެފަށް ކަނޑުއަޑީގެ ޚާއްޞަ އިކުއިޕްމަންޓްތަކެއް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްއެންޑީއެފް
ވިޔަފާރި 28 Jan 2026 | 04:08

އުރީދޫއިން އެމްއެންޑީއެފަށް ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް ޚާއްޞަ އިކުއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އެމްއެންޑީއެފް އިން, ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން، ކަނޑުއަޑީގައި ބޭނުންކުރާ ޚާއްސަ އިކުއިޕްމަންޓްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ.

މި ތަކެތި ރަސްމީކޮށް އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ހަމާދީއެވެ. އެމްއެންޑީއެފް ގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.

އުރިދޫއިން ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ހިމެނެނީ 1 އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓަކާއި، 1 ލޫބެލް ލެބް އަންޑަރ ވޯޓަރ ލައުޑްސްޕީކަރާއި، 3 އޯޝަން ރީފް ފުލް ފޭސް އަދި ފޭސް 2 ޑައިވިންގ މާސްކެވެ.

އުރީދޫއިން އެމްއެންޑީއެފަށް ހަދިޔާކުރި އިކުއިޕްމަންޓްތައް-- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނާގޮތުގައި، މި އިކުއިޕްމެންޓްތަކަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. އެހެންކަމުން މިތަކެތީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން މައުލުމާތުދެއެވެ.

މިކަމަށްޓަކާ  ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އުރީދޫ މޯލްޑިވްސްއިން ދެއްވި ދީލަތި އެހީއަށްޓަކައި ޝުކުރު ދަންނަވާފައެވެ.

މިކަމާއިގުޅުވާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ޑައިވަރުންގެ ސަލާމަތާއި ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް މިތަކެތި ހަދިޔާކުރެވުމަކީ އުރީދޫން ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި އުރީދޫގެ އަމާޒަކީ މުޖުތަމަޢުއަށް ފައިދާހުރި، ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗު ފަށައިފި؛ 84 ދިވެހި ޒުވާނުން ބައިވެރިވި
12 Oct 2026 ހަބަރު

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗު ފަށައިފި؛ 84 ދިވެހި ޒުވާނުން ބައިވެރިވި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު 84 ދިވެހި ޒުވާނުންނާ އެކު ފަށައިފިއެވެ. ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފު...

ޤަވާއިދުން ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ: ޑިފެންސް މިނިސްޓްރީ
11 Oct 2026 ހަބަރު

ޤަވާއިދުން ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ: ޑިފެންސް މިނިސްޓްރީ

ގަވާއިދުން ނަގަންޖެހޭ ހުއްދަ ނުނަގައި، ގިނަ އަދަދެއްގެ ފަރާތްތަކުން ރާއްޖޭގައި ކެމިކަލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހާމަކޮށްފިއެވެ....

ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރަނީ
05 Oct 2026 ހަބަރު

ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރަނީ

ކައްކާ ގޭސްފުޅިތަކުގެ ރެގިއުލޭޓަރުތަކުގެ ފެންވަރު ކަނޑައެޅި މިންގަނޑަށްވުރެ ދަށްނަމަ ރާއްޖޭގައި ބޭނުންނުކުރެވޭ ގޮތް ހެދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ...

ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
04 Oct 2026 ހަބަރު

ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ

ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު އުޅަނދުތަކެއް ހޯދައިދިނުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. މިނިސްޓ...

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން އެކަނިވެސް، އަލިފާނުގެ 10 ހާދިސާ ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް
04 Oct 2026 ހަބަރު

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން އެކަނިވެސް، އަލިފާނުގެ 10 ހާދިސާ ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން އެކަނިވެސް އަލިފާނުގެ 10 ހާދިސާ ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ ހަފ...

ނުރައްކާ ނުވަނީސް ފަޔަރ ފައިޓަރުންގޮސް އުދަރެސް ފަހެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
02 Oct 2026 ހަބަރު

ނުރައްކާ ނުވަނީސް ފަޔަރ ފައިޓަރުންގޮސް އުދަރެސް ފަހެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކުނިއެޅުން މަނާތަނެއްގައި ހުރި ކުނި ފުންޏެއްގައި ރޯވެ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސް ޓަވަރަށް ގެއްލުންތަކެއް ލިބިއްޖެއެވެ. މިއަދު އިރުއޮއްސުނުފަހުން ހިނގި މި ހާދިސާގައި އަލިފާންގަނޑު ރޯ...