ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ރޭ އަލިފާން ރޯވެއްޖެ
ގއ.ވިލިނގިލީގައި ހުންނަ އެރަށު ޕޮލިސް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި އަލިފާން ރޯވެފައިވަނީ ރޭ 11:35ހާއިރު ޕޮލިސް ސްޓޭޝަންގައި ހުރި ޑީ ބޯޑެއްގަ އެވެ.
މި އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލެވުނުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި ދުމުގެ އަސަރު ކޮށްގެން ތިން ފުލުހަކަށް ވިލިނގިލި ހޮސްޕިޓަލްގައި ވަނީ ފަރުވާ ދޭން ޖެހިފައެވެ.
އެ ތިން ފުލުހުންގެ ހާލު ސީރިއަަސް އެއްނޫނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް