ކިއު ކުޑަވެ، ގިނަ ފޮށިތައް ކައިރި ހުސްވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބް ގެ ކިއު ކުޑަވެ ގިނަ ފޮށިތައް ކައިރި ހުސްވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ މީހުން ވޯޓް ވޯޓް ލާފައިވާއިރު، ދިގު ކިއުގެ ސަބަބުން ގިނަ ސަކުވާތަކެއްވަނީ ފެންމަތިވެފައެވެ.
ކިއުގެ މައްސަލާގައި އިލެކްޝަން ކޮމިޝަންގެ ކުއްލި ބައްދަލުވުމުގެ ތެރެއިން ވަނީ މިރޭގެ 7 ޖެހުމާ ހަމަޔަށް ވޯޓް ލުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ނަމަވެސް މިހާރު ރާއްޖޭގެ ރަށްތަކުގެ ގިނަ ފޮށި ތަކުން ވަނީ ވޯޓް ލާމީހުން ހުސްވެ، އެ ސަރަހައްދު ވެސް ހުސްކޮށެވެ. އެއާއި ހިލާފަށް މާލެ ސަރަހައްދުގެ ފޮށިތައް ކައިރީ ކިއުތައް އަދިވެސް ކޮންމެވެސް ވަރަކަށް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް