ބަންގްލާދޭޝްގެ 25 ވަނަ އުއްތަމަ ފަނޑިޔާރު ސައިޔިދު ރިފާތު އަހުމަދު -- ފޮޓޯ: ޑާކާޓްރިބިއުން
ބަންގްލާދޭޝްގެ 25 ވަނަ އުއްތަމަ ފަނޑިޔާރު ސައިޔިދު ރިފާތު އަހުމަދު -- ފޮޓޯ: ޑާކާޓްރިބިއުން
ދުނިޔެ 10 Aug 2024 | 16:29

ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް އާ ބޭފުޅަކު އައްޔަން ކޮށްފި

ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް އާ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އެ ގައުމުގެ 25 ވަނަ އުއްތަމަ ފަނޑިޔާރުކަމަށް ސައިޔިދު ރިފާތު އަހުމަދު އައްޔަންކުރައްވާފައިވަނީ (ހޮނިހިރު ދުވަހު) މިއަދުއެވެ.

ބަންގާބަވަންގެ ފަރާތުން މި މައުލޫމާތު ކަށަވަރުކޮށްދެއްވާފައިވާއިރު، އެގައުމުގެ ލޯ މިނިސްޓްރީން ވަނީ މިކަމާ ގުޅޭ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބަޔާންކޮށްފައިވަނީ ބަންގްލަދޭޝްގެ ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގެ (1) ގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ސުޕްރީމް ކޯޓުގެ ހައި ކޯޓު ޑިވިޜަންގެ ފަނޑިޔާރު ސައިޔިދު ރިފާތު އަހުމަދު ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވާ ކަމަށެވެ.

ސައިޔިދު ރިފާތު އަހުމަދު އުފަންވެފައިވަނީ 1958 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. އޭނާގެ ބައްޕަ ބެރިސްޓަރ ސައިޔިދު އިޝްތިޔާޤު އަހުމަދަކީ ކުރީގެ ބަންގްލަދޭޝްގެ އެޓަރނީ ޖެނެރަލެކެވެ. އަދި އޭނާގެ މަންމަ ޑރ. ސޫފިޔާ އަހުމަދަކީ ބަންގްލަދޭޝްގެ ނެޝަނަލް ޕްރޮފެސަރެއް އަދި ޑާކާ ޔުނިވަރސިޓީގެ އިސްލާމިކް ހިސްޓްރީ އެންޑް ކަލްޗަރގެ ފާހަގަކޮށްލެވޭ ޕްރޮފެސަރެކެވެ.

މިއަދުގެ ކުރީކޮޅު، އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓް މޫވްމަންޓްގެ އިހުތިޖާޖުތަކާ ގުޅިގެން، ބަންގްލަދޭޝްގެ ޝަރުއީ ދާއިރާގެ އިސްވެރިޔާގެ މަޤާމުން އުބައިދުލް ހަސަން އިސްތިއުފާދެއްވާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް